ކޮރޯނާ ވައިރަހާއި ގުޅިގެން ސުކޫލުތަކުން އަމަލުކުރަންވީ ގޮތް އެޑިއުކޭޝަން މިނިސްޓްރީން އަންގަވައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް އާންމުދިރިއުޅުމުގައި ސަމާލުކަން ދިނުމަށާއި މިނިސްޓްރީން ދީފައިވާ އިރުޝާދު ސުކޫލުތަކުން ވެސް އަމަލުކުރުމަށް ވަނީ އެދިފައެވެ.
އެގޮތުން ތިން ކަމެއް އެޑިއުކޭޝަން މިނިސްޓްރީވަނީ ފާހަގަކޮށްފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ފާގަހަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ސްކޫލުގައި އަދި ގޭގައި އުޅޭއިރުވެސް އާންމު ސާފުތާހިރުކަމަށް ޚާއްސަ ސަމާލުކަމެއް ދިނުންމަށް ވަނީ އަންގަވާފައެވެ. އެގޮތުން ކެއްސާ، ކިނބިހިއަޅާ އިރު ޓިޝޫއަކުން އަނގައާއި ނޭފަތް ނިވާ ކުރުން، އަދި ވަގުތުން ޓިޝޫ ކުނިވަށިގަނޑަށް އެއްލައިލުމަށްފަހު އަތްދޮވުމަށް ވަނީ އަންގަވާފައެވެ.
މީގެ އިތުރުން ބޭރުގައި އުޅެފައި ގެއަށް އައިސް ނުވަތަ ސްކޫލުގެ ކުލާހުން ބޭރުގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުމަށްފަހު ރަގަޅަށް އަތްދޮވުން ނުވަތަ ސެނިޓައިޒަރ ބޭނުންކުރުމަށްވެސް އެމިނިސްޓްރީން އަންގާފައިވެއެވެ
ހުންއައުން، ކެއްސުން، ކަރުގައި ރިއްސުން، އަރިދަފުސް ރޯގާޖެހުން، ނޭވާ ކުރުވުންފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، އެފަދަ ދަރިވަރުންނާއި ސްކޫލުގެ މުވައްޒަފުން، ބަލި ރަގަޅުވަންދެން ގޭގައި މަޑުކުރުމަށް އެމިނިސްޓްރީ ވަނީ އަންގަވާފައެވެ.
އަދި ސުކޫލުމާހަލަކީ ދަރިވަރުންނާއި ޓީޗަރުންނަށް ސިއްހީ ގޮތުން ރައްކާތެރި މާހައުލަކަށް ހެދުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރުމަށްވެސް އެޑިއުކޭޝަން މިިނިސްޓްރީވަނީ އެދިލައްވާފައެވެ.