މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ މަޤާމަށް, އިންޑިޔާއަށް ދިވެހިރާއްޖެއިން ކަނަޑައަޅާފައި ހުންނަވާ ސަފީރު އައިޝަތު މުޙައްމަދު ދީދީ އައްޔަންކޮށްފިއެވެ.

ޝިދާތާ ޝަރީފް އިސްތިއުފާދެއްވާފައިވަނީ، ކުޑަކުދިންގެ ހައްގުތަކަށް އިޙުމާލުވުމުގެ އެތައް މައްސަލައެއް ފެންމަތިވެ، މީސްމީޑިޔާގައި ޝިދާތައަށް އިސްތިއުފާއަށް ގޮވުމުގެ އަޑުގަދަވެފައި ވަނިކޮށް، އިއްޔެބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް ޝިދާތާގެ އިސްތިއުފާއަށްގޮވާލާފައިވާ ދަނޑިވަޅެއްގައެވެ.

ޝިދާތާ ޝަރީފް މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްފުޅުތަކަށް ޝުކުރުއަދާކޮށް، ރައީސް ޞާލިޙްވަނީ މިއަދު ޓްވީޓެއްވެސް ކުރައްވާފައެވެ. 

ޢާއިޝަތު މުޙައްމަދު ދީދީ ވަނީ ފޮރިން މިނިސްޓްރީގެ ޕާމަނަންޓް ސެކެރަޓްރީގެ މަޤާމުގެ އިތުރުން އެމިނިސްޓްރީގެ ގިނަ މަޤާމުތަކެއް ފުރުއްވާފައެވެ. ޖެންޑަރ މިނިސްޓަރުގެ މަޤާމުން ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވާފައިވާއިރު، އޭނާއަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޢަދާލު ޕާޓީގެ ސްލޮޓްގައި މަޤާމުފުރުއްވާފައިވާ މިނިސްޓަރެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *