ކަފާލާތުގެ ދަށުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރެވެން ނެތް ކަމަށް ހައިކޯޓުން ނިންމައިފިއެވެ.

ޔާމީންގެ މައްޗަށް އިއްވާފައި އޮތް ޙުކުމް ތަންފީޒު ކުރުން ފަސްވެސް ނުކުރެވޭނެ ކަމަށާއި އަދި ކަފާލާތުގެ ދަށުން މިނިވަން ކުރެވެން ވެސް ނެތް ކަމަށް ހައިކޯޓުގައި މިއަދު އޮތް އިސްތިއުނާފް ޝަރީޢަތުގައި ވަނީ ނިންމާފައެވެ.

ކުރީގެ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ފަނޑިޔާރުންނަކީ ހުސައިން މަޒީދް، ހުސައިން ޝަހީދު އަދި މުހައްމަދު ނިޔާޒްއެވެ. މި ތިން ބޭފުޅުންގެ އިއްތިފާގުން ޔާމީނަށް ކަފާލާތުގެ ފުރުސަތު ނުދެއްވަން ނިންމަވަމުން ވިދާޅުވީ، ކަފާލާތުގެ ދަށުން މިނިވަން ކުރުމަކީ ޤާނޫނޫ އަސާސީގެ ދަށުން ލިބިދީފައިވާ އަސާސީ ޙައްޤެއް ނޫންކަމަށާއި އަދި ކަފާލާތުގެ ދަށުން މީހުން ދުރުކުރުމުގެ އިޖުރާއީ ޤާނޫނެއް ނެތް ވެސް ރާއްޖޭގައި ނެތް ކަމަށެވެ.

ފަނޑިޔާރުން ވިދާޅުވީ، މީގެ ކުރިން ޙުކުމް ތަންފީޒު ކުރަމުން ގެންދިޔަ ބައެއް ފަރާތްތައް ކަފާލާތުގެ ދަށުން ދޫކޮށްލަން ނިންމި ނަމަވެސް މިހާރު ކުރިއަށް ގެންދާ މައްސަލަތަކަކީ އެ ޙުކުމަށް ބަލާފައި ނިންމަން ޖެހޭ މައްސަލަތަކެއް ނޫން ކަމަށާއި ކޮންމެ މައްސަލައެއް ނިންމުމުގައި ވަށައިގެންވާ ކަންތައްތަކާއި މައްސަލައިގެ ކުޑަބޮޑުމިނަށް ބަލަން ޖެހޭނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *