ޖެންޑާރ މިނިސްޓރ ކަމުން ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވައިފިއެވެ. މިކަން ހާއްމަ ކޮށް މީގެ އިރުކޮޅެއް ކުރިން ރައީސް އިބްރާހިމް މުހައްމަދު ޞާލިހްވަނީ ޓްވީޓެއް ކުރައްވާފައެވެ. ރައީސްގެ ޓްވީޓްގައި އިތުރަށް ވިދާޅުވެފައިވަނީ ޖެންޑަރ މިނިސްޓަރ ކަމުގެ މަގާމަށް ހަމަޖައްސަވާފައިވަނީ ނިއު ދިއްލީއަށް ކަނޑައަޅާފައިވާ ހުންނަވާ އެންބެސެޑަރ އައިޝަތު މުހައްމަދު ދީދީ ކަމުގައެވެ. 

ޖެންޑަރ މިނިސްޓަރ ކަމުން ޝިދާތާ ޝަރީފް އިސްތިޢުފާ ދެއްވާފައިމިވަނީ، ކުޑަކުދިންނަށް ކުރެވޭ ޖިންސީގޯނާގެ ތަފާތުމައްސަލަ ރިޕޯޓްކުރެވި، މީސްމީޑިޔާގައި ޝިދާތާއަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި އެންމެ ގަދައަށް ފާހަގަކުރެވުނު މައްސަލައަކީ ތިން ބަފައިން ވެގެން އެއްހަރާ ހަމަހުގެ ތުއްތު ކުއްޖަކަށް އެތައް ފަހަރެއް މަތިން ކުރެވެމުން ދިޔަ ޖިންސީ އަނިޔާއެވެ.

އަދި މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކުލަވާލެވުނު އެންބެސެޑަރުންގެ ތެރެއިން އަހްމަދު ހިޝާންގެ ޖިންސީ ގޯނާ ކުރުމުގެ ރިކޯޑެއް އޮންނަކަން މިނިސްޓްރީއަށް އެނގިފައިވާ ކަމަށް ހައިކޯޓް ނެރުނު ބަޔާނުގައި ވާތީ ގިނަ އަދަދެއްގެ ރައްޔިތުންވަނީ މީސް މީޑިއާގައި މިނިސްޓަރ ޝިދާތާގެ އިސްތިއުފާއަށް ގޮވާލާފައެވެ.

އަދި އެމްޑީޕީގެ ޕީޖީ ގްރޫފުންވަނީ އިއްޔެ ބޭއްވި ބައްދަލުވުމަށްފަހު މިނިސްޓަރ ޝިދާތާގެ އިތުބާރު ނެތްކަމަށް މަޖިލީހަށް ހުށަހެޅުމަށް ފާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *