އުތުރުގެ އަތޮޅުތަކަށް ބިންހެލުމެއްގެ އަސަރު ކޮށްފިއެވެ. ރޭ ދަންވަރު 1:47 ގައި އައިސްފައިވާ މި ބިންހެލުން ރެކޯޑް ކުރެވިފައިވަނީ ހަނިމާދޫގައި ހުންނަ ބިންހެލުން  ރެކޯޑް ކުރާ މީޓަރަށެވެ. ޖަޒީރާ ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މެޓް އޮފީހުގެ ސޭޒްމޮލޮޖިސްޓް އިބްރާހިމް ހުމައިދު ވިދާޅުވީ މި ބިހެލުން އައިސްފައިވަނީ ރެކްޓަރ މިންގަނޑުން 4.9 ގެ ބާރުމިނުގައި ކަމަށެވެ. އަދި މިއީ ސީއައިއެސްއެން ގެ ރޭޓުން ބަލާކަުގައިވާނަމަ 4.5 ގެ ބާރުމިނެވެ. އަދި މިބިންހެލުން އައިސްފައިވަނީ ހަނިމާދޫ އާއި 59 ކިލޯމީޓާރ ދުރުންނެވެ. އެއީ މާލެއާއި 350 ކިލޯމީޓަރު ދުރެވެ. މިބިންހެލުމުގެ އަސަރު ހއ ން ށ އަތޮޅަށް ކޮށްފައިވާއިރު އެއްވެސް ގެއްލުމެއްގެ ރިޕޯޓް އަދި ލިބިފައި ނުވާކަމަށް ހުމައިދު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *