ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ އިމްރާން މިހެންވިދާޅުވީ، ރޭ ހުޅުމާލޭގައި ދިން ހަމަލާގެ ޒިންމާ އައިއެސްގެ ރާއްޖެ ގޮފިން ނަގާކަމަށްބުނެ މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއެއްގެ ސަބަބުން ކަމަށް ބެލެވެއެވެ.

ރޭ ހުޅުމާލޭގައި ސައިކަލެއްގައި ދިޔަ ބަޔަކު ވަނީ ތޫނުއެއްޗަކުން ހަމަލާދީ 3 ބިދޭސީއަކު ވަރަށް ބޮޑަށް ޒަޚަމްކޮށްލާފައެވެ،

އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކާ އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށެވެ.

ދައުރުވަމުންދާ ވީޑިއޯއާއި ގުޅިގެން މިރޭގެ ވަގުތެއްގައި ފުލުހުންވެސް ވަނީ ޓްވީޓެއް ކޮށްފައެވެ. މި ޓްވީޓްގައި ފުލުހުން ބުނީ، ރޭ ހުޅުމާލޭގައި ދިން ހަމަލާގެ ތަހުގީގުތައް ކުރިއަށްދާ ކަމަށާއި، ދައުރުވާ ވީޑިއޯއަކީ މިކަމާ ގުޅޭ ސައްޙަ ވީޑިއޯއެއްތޯ ވެސް ބަލަމުން ގެންދާކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *