ހުޅުމާލޭގައި ރޭ ބިދޭސީން ތަކަކަށް ދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ރާއްޖޭގެ ގޮފި ކަމަށް ދައުވާކުރާ ބަޔަކު ނަގައިފިއެވެ.

ރާއްޖޭގެ އައިއެސް އިން ޒިންމާ ނަގާފައިވަނީ، އެމީހުން ހިންގާ އަލް މުސްތަޤިމްކިޔާ ޓެލެގްރާމް ގްރޫޕެއްގައެވެ. މި ވީޑިއޯގައި މޫނު ފޮރުވައިގެން ހުރެ ވާހަކަ ދެއްކި މީހާ ވަނީ މިފަދަ އެތައް ހަމަލާތަކެއް ކުރިއަށް އޮތްތަނުގައި އަންނާނެ ކަމަށް ބުނެ އިންޒާރެއްދީފައެވެ. ޤައުމުގެ ވެރިންނަށް ނިސްބަތްކޮށްވެސް އެ ވީޑިއޯގައި ވަނީ ވާހަކަ ދައްކާފައެވެ. އަދި މި ހަމަލާދިން މަޤްސަދުކަމަށް ބުނެފައިވަނީ، ރާއްޖެފަތުރުވެރިކަމަށްބަރޯސާވެފައި ވުމުންނާއި، ގައުމުގެ ވެރިންގެ އަނިޔާވެރިކަމުގެ ސަބަބުން އެކަމަށް ގޮންޖެހުންކަމުގައެވެ.

އެ ވީޑިއޯގެ ޒަރިއްޔާއިން ރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ޝެޙުންނަށްވެސް އިންޒާރުތަކެއް ދީފައެވެ. އަދި އެމީހުންނަކީ ދީން ވިއްކާބައެއް ކަމަށް ތުހުމަތުުކޮށްފައިވެއެވެ.

މޫނު ފޮރުވައިގެން ހުރެ ވާހަކަ ދެއްކި މީހާ ބުނީ، މުސްލިމުންނާއި ދެކޮޅަށް ކުރާ އަނިޔާތަކާއި ދެކޮޅަށް ތެދުވަން ޖެހޭ ކަމަށާއި، އެމީހުންދޭ އަނިޔާ ތަކުގެ ރައްދު ދޭންވީ ތޫނު ހަތިޔާރުންކަމަށެވެ.

ވީޑިއޯ ނިންމާލަމުން ވާހަކަދެއްކި މީހާ ވަނީ ހަނގުރާމަކުރުމަށް ބާރުދޭ މޭރުމަކުން ވާހަކަ ދައްކާފައެވެ. މި ވީޑިއޯ މީސްމީޑިއާގައި ވަރިރަލްވުމާ ގުޅިގެން ފުލުހުން ވަނީ މިކަމާ ގުޅޭގޮތުން ޓްވީޓެއްވެސް ކޮށްފައެވެ. ފުލުހުން ބުނީ، ރޭ ހުޅުމާލޭގައި ދިން ހަމަލާގެ ތަހުގީގުތައް ކުރިއަށްދާ ކަމަށާއި މި ހަމަލާގެ ޒިންމާނެގިކަމަށް ބުނެ މީސްމީޑީޔާގައި އާންމުވެގެން އުޅޭ ވީޑިއޯގެ ސައްޙަ ކަންވެސް ބަލަމުންދާކަމަށެވެ.

ހުޅުމާލޭގައި ރޭ ހިނގި ހަމަނުޖެހުމާ ގުޅިގެން އަދި އެކަކުވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *