އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދީފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަދި ސްޕޯކްސް ޕާސަން އަހުމަދު އަކްރަމް ވިދާޅުވީ އާންމު ރައްޔިތުންގެ ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މިއަދު ހުއްދަ ދިފައިވަނީ ސ. ހިތަދޫ ކަނަދޫގެ އަހުމަދު ސައީދަށް ކަމަށެވެ. އަދި މިއަދު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުއްދަދިންކަން އަންގާ ޓްވީޓްވެސް ކޮށްފައެވެ. 

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުމާއި ގުޅިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި 3000 މެންބަރުންގެ ސޮއި ހޯދުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅަންޖެހޭނެ އެވެ. އަދި ސައްހަ 3000 ފޯމް ހުށައެޅުމުން ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އެ ކޮމިޝަނުން ދޭނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *