މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް، އިތުރަށް މަޤާމުގައި ހުންނަވަން ފެނިވަޑައިނުގަންނަވާކަމުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ބައްދަލުވުގައި ނިންމަވައިފިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަންސަޔާޅީސް މެންބަރުން ވެސް ވަނީ މިކަމަށް ތާއީދުކުރައްވައިފައިވާކަމަށް އެމް.ޑީ.ޕީއިން މިއަދު ކުރި ޓުވީޓެއްގައިވެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމް.ޑީ.ޕީގެ ގިނަ މެންބަރުތަކެއްގެ ފާޑު ކިޔުއްވުންތައް މިނިސްޓަރު ޝިދާތާއަށް އަމާޒުވެގެން ގޮސްފައިވެއެވެ. މި ގޮތުން ބަލާއިރު، ދަރުމަވެރިޔާ އަޙްމަދު ހިޝާނަކީ ޖިންސީ މައްސަލަތަކެއްގެ ސީރިއަސް ތުހުމަތުތަކެއްކުރެވޭ ފަރާތެއްކަން އެނގިހުރެ، ޖެންޑާ މިނިސްޓްރީން ފިޔަވަޅު އަޅުއްވައިފައިނުވާ މައްސަލަ ބެލުމަށް އެދި، ގަލޮޅު ދެކުނު ދާއިރާގެ އެމް.ޑީ.ޕީ މެންބަރު މީކާއީލް ނަސީމް މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލަ ފާހަގަކޮށްލެވެއެވެ.

ދުނިޔޭގެ ލަދަށްޓަކައި ނަމަވެސް، މިނިސްޓަރު ޝިދާތާ އިސްތިޢުފާދެއްވަން ޖެހިވަޑައިގަންނަވާކަމުގައާއި، އިސްތިޢުފާ ނުދެއްވައިފިނަމަ، ޖެންޑަރ މިނިސްޓަރު މަޤާމުން ވަކިކުރައްވަންޖެހޭކަމަށް، އިޚުލާޞްތެރިކަމާއެކު ދިވެހި ސަރުކާރަށް އިލްތިމާސްކުރާކަމުގައި މީކާއިލް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *