މިރޭ ހުޅުމާލޭގައި ހެލްމެޓް އަޅައިގެން ސައިކަލުގައި ދިޔަ 2 މީހަކު ބޭރު 3 މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ. ޕޮލިހުން ހާމަކުރިގޮތުގައި ހުޅުމާލޭ ރެޑްބުލް ދަނޑުކައިރިން ހިނގި މިހާދިސާގެ ޚަބަރު ޕޮލިހަށް ލިބުނީ މިރޭ 20:10 އެހާއިރުއެވެ. މި ހަމަލާގައި ޒަޚަމްވީ ޗައިނާގެ 2 ފިރިހެނަކާއި އޮސްޓްރޭލިޔާގެ ފިރިހެނަކަށެވެ. މި ހަމަލާގައި ޒަޚަމްވިކަމަށް ބެލެވޭމީހަކު ހުޅުމާލެ ހޮސްޕިޓަލަށް ގެންދާ ވީޑިއޯއެއް ޖަޒީރާއަށް ވަނީ ލިބިފައެވެ. މި ވީޑިއޯގައި އެމީހާގެ ފުރަގަހުން ޒަޚަމްވެ ވަރަށް ގިނައިން ލޭ ފައިބަމުންދާތަން ފެނެއެވެ. ޒަޚަމްވި މީހުންނަކީ ޓުއަރިސްޓުން ކަމެއް ނުވަތަ ރައްޖޭގައި މަސައްކަތްކުރާ ބައެއްކަމެއް އަދި ޔަގީނެއް ނުވެއެވެ.

ޕޮލިހުން މިހާރު ދަނީ މި މައްސަލަ ތަޙުގީގުކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.