ދެވަނަފުރުސަތުގެ ދަށުން ޖަލުން މިނިވަންވީ މީހަކު، މުދާއުފުލާ ކޮންޓެއިނަރ ބޭނުންކޮށްގެން ހައުސިންގ ޔުނިޓްތަކެއްހަދާ، ގެދޮރުނެތް، މަސްތުވާތަކެތި ބޭނުންކުރާފަރާތްތަކަށް ހުޅުވާލުމުގެ މަސައްކަތްފަށައިފިއެވެ. 28 އަހަރުގެ ޖޭސޮޕް، ވަރަށް ޒުވާންއުމުރުގައި 2013 ވަނަ އަހަރު 7 ހަފްތާވަންދެން ޖަލުގައި ހުރުމަށްފަހު ލިބުނު ދެވަނަ ފުރުސަތުގައި ޖަލުން ނިކުތުމަށްފަހު، އަމިއްލަދިރިއުޅުން ބިނާކުރުމާއި އެކު އެހެންމީހުނަށްވެސް އެހީތެރިވާން ބޭނުންވާކަން ހާމަކުރިއެވެ. ޖޭސޮޕް ދެކޭގޮތުގައި މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުން އެކަމުން އަރައި ނުގަނެވިގެން އުޅެނީ އެމީހުނަށް ބޭނުންވާ އެހީތެރިކަން އެންމެ ރަގަޅުގޮތުގައި ފޯރުކޮށް ނުދެވޭތީއެވެ.
މިކަމަކަށް ބަދަލެއް ގެނައުމުގެ ގޮތުން ޖޭސޮޕް މި ފެއްޓި ޕްރޮޖެކްޓްގެ ދަށުން އެންމެ ފުރަތަމަ ހަދާނީ، އެކަކަށް އުޅޭވަރުގެ ހައުސިން ޔުނިޓެކެވެ. ނަމަވެސް އިތުރު 8 ޔުނިޓްހެދުމަށް ރާވާފައިވާ އިރު، އެހެން ފަރާތްތަކުގެ މާލީ އެހީތެރިކަންވެސް ލިބެމުންދާތީ މި ޢަދަދު އިތުރު ކުރެވޭނެކަމުގެ ވަރަށް ބޮޑު އުއްމީދު އެބައޮތްކަމަށް އޭނާ ބުންޏެވެ.
މި ހައުސިންގ ޔުނިޓްތަކުގައި ފާޚާނާކޮށް ފެންވެރޭނެ ގޮތާއި، ނިދާއެނދާއި އަލާމަރީގެ އިތުރުން ފަތްޖަހާލެވޭގޮތަށް ހަދާފައިވާ މޭޒެއްވެސް ހުންނާނެއެވެ. ސަލާމަތީ ސަބަބު ތަކަށްޓަކައި މިތަނުގައި ކެއްކޭނެ އިންތިޒާމެއް ނުހުންނާނެއެވެ. މިތަނުގައި އުޅޭ މީހުން މިތަނުގައި ހޭދަކުރާ މުއްދަތުގައި، އެމީހުނަށް ވަޒީފާއެއް ލިބޭނެ ކޮންމެވެސް މަސައްކަތެއް ދަސްކޮށްދެވޭނެއެވެ. ސަބަބަކީ މަސްތުވާތަކެތީގެ ކުށުގެ ރެކޯޑް އޮންނަ މީހުން، އިޞްލާޙްވެގެން މުޖުމަތަޢުއަށް އެނބުރި އައިކަމުގައި ވިޔަސް ވަޒީފާ ލިބުމުގައި ހުރި ގޮންޖެހުން ކުޑަކުރުމަށެވެ.
ޖޭސޮޕް ދެކޭގޮތުގައި އޭނާއަށް ދެވަނަ ފުރުސަތު ލިބި، ޖަލުން އައިސް ވިޔަފާރި އެއް ފެށިނަމަވެސް ކޮންމެ މީހަކަށް އެގޮތަށް ކަންކަން ފަހިވެފައެއް ނުހުރެއެވެ. އެގޮތުން ގިނަ މީހުންނަކީ މަގުމަތީގައި މަސްތުވާ އެއްޗެހި ބޭނުންކުރާ މީހުންކަމުން އެންމެ ފުރަތަމަ ކޮށްދޭންޖެހޭ ކަމަކީ ވަގުތީ ގޮތުން ނަމަވެސް ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުންކަމަށް އޭނާ ދެކެއެވެ. މި ހައުސިންގ ޔުނިޓަތައް ދެވޭނީ ކޮންމެމީހަކަށް ވެސް އެއް އަހަރު ދުވަހުގެ މުއްދަތަށެވެ.