އިންޑޮނޭޝިޔާގެ ޕްރޮވިންސެއްގައި އުޅޭ ކިނބުލެއްގެ ކަރުގައި އެޅިފައި އޮތް ސައިކަލު ޓަޔަރެއް ނައްޓާލާ އެކިނބޫ ސަލާމަތްކުރާ ފަރާތަކަށް އިނާމް ހުށައަޅައިފިއެވެ. އިންޑިނޭޝީޔާގެ ދައުލަތުގެ ޚަބަރުފަތުރާ އަންތަރާ ނިއުސް އޭޖެންސީއިން ބުނީ، 13 ފޫޓުގެ މި ކިނބުލުގެ ކަރުގައި އެޅިފައި އޮއްވާ އެންމެ ފުރަތަމަ ފެނުނީ 2016 ވަނަ އަހަރު، ސެންޓްރަލް ސުލަވެސީ ޕްރޮވިންސްގެ ޕާލު ކޯރުންނެވެ.
މިހެން މިކިނބޫއޮއްވާ މި ގައުމަށް 2018 ވަނަ އަހަރުއައި ބިންހެލުމަކާއި ސުނާމީއަކުން ސަލާމަތްވިއިރުވެސް މި ޓަޔަރު ނުނެއްޓި އެބައޮތެވެ. މިހެން މި ޓަޔަރު އޮވެ، އޭގެ ކަރަށް ބާރުވެގެން މަރުވެދާނެކަމަށް ބެލެވޭތީ، މި ޓަޔަރު ނައްޓާލަން އާންމުކޮށް ހުޅުވާލީއެވެ. ނަމަވެސް މި ޓަޔަރު ނައްޓާލާ ކިނބޫ ސަލާމަތްކުރާ ފަރާތަކަށް ލިބޭ އިނާމާއި ބެހޭ އިތުރު ތަފްޞީލެއް އެއްވެސް ފަރާތަކުން ނުދެއެވެ.
2018 ވަނަ އަހަރު މިޓަޔަރު ނައްޓާލުމަށްޓަކައި ދެފަހަރެއްގެ މަތިންވަނީ މަސައްކަތް ކުރެވިފައެވެ. އެންމެ ފުރަތަމަ ފަހަރު، މިކަމަށް މަސައްކަތްކުރި ޖަނަވާރުން ހިމާޔަތްކުރާ ފަރާތެއްކަމަށްވާ މުޙައްމަދު ޕަންޖީއެވެ. އޭގެފަހުން ވެސް ޖަނަވާރުން ހިމާޔަތްކުރާ އިދާރާގެ އެހެން ބަޔަކުވެސް އެއްގަމުމަހަށް މިސޮރު ދަހިކޮށްގެން މިޓަޔަރު ނައްޓާލުމަށް ކުރި މަސައްކަތްވެސް ވީ ނާކާމިޔާބެވެ.