ޗައިނާއިން އަންނަ އެއްވެސް މީހަކަށް ރާއްޖެ އެތެރެވުން މި ވަގުތަށް މަނާ ކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީ ގައި ހިނގަމުންދާ ނޫސް ވެރިންގެ ބައްދަލު ވުމުގައި، އިނގިރޭސި ބަހުން މިކަން އިޢުލާން ކުރެއްވީ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދެއެވެ. ޗައިނާ މީހުންގެ އިތުރުން ޗައިނާގައި ޓްރާންސިޓްވެފައި އަންނަ މީހުންނަށް ވެސް ރާއްޖެ އެތެރެ ނުވެވޭގޮތަށް، ނިންމި މި ނިންމުމަށް ޢަމަލު ކުރަން ފަށާނީ މިރޭ 12.00 އިން ފެށިގެންނެވެ.

ރާއްޖެއިން މި ގޮތަށް މި ނިންމީ ކޮރޯނާ ވައިރަސް ގެ ނުރައްކާ ބޮޑުވެ، ޗައިނާއިން ބޭރުގައިވެސް މީހަކު މަރުވުމާއި ގުޅިގެންނެވެ. ކޮރޯނާވައިރަސް ޖެހިގެން ޗައިނާ އިން ބޭރުގައި މަރުވި ފުރަތަމަ މީހަކީ ،ފިލިޕީންގައި މިއަދު މަރުވެފައިވާ ޗައިނާ މީހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *