ޗައިނާއިން ފެތުރިގެން ގޮސްފައިވާ ކޮރޯނާ ވައިރަސްގެ ސަބަބުން ޕިލިޕީންސްގައި މީހަކު މަރުވެއްޖެއެވެ. މިއީ ޗައިނާ ނޫން ގައުމެއްގައި، މިބަލީގައި މީހަކު މަރުވި ފުރަތަމަ ފަހަރެވެ.

44 އަހަރުގެ ޗައިނާ މީހާ ފިލިޕީންސަށް އައިސްފައިވަނީ، އެ ވައިރަސް ފުރަތަމަ ފެނުނު ހޫބޭ ސަރަހައްދުންކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމްޢިއްޔާ ޑަބްލިއު.އެޗް.އޯ އިން ވަނީ ބުނެފައެވެ. އަދި އޭނާ ބަލިވެގެން، މެނީލާގައި ހުންނަ ހޮސްޕިޓަލެއްގައި އެޑްމިޓްކުރި ފަހުން، ނިއުމޯނިއާޖެހި އޭނާގެ ފުރާނަ ސަލާމަތްކުރެވޭ ވަރަށްވުރެ އޭނާގެ ހާލަތުސީރިއަސް ވީކަމަށް، ފިލިޕީންސްގެ ސިއްހަތާބެހޭ އިދާރާއިން ބުނެފައިވެ އެވެ. 

އެ މީހާ  ހޮންކޮންގް މަގުން ފިލިޕީންސަށް  އައިސްފައިވީނަމަވެސް، ފިލިޕީންސްގައި މަރުވި މީހާއާ ގުޅިގެން އިތުރަށް ކަންބޮޑުވާންޖެހޭ ސަބަބެއްނެތް ކަމަށް ޑަބްލިއުއެޗްއޯ އިން ވަނީ ބުނެފައެވެ. އަދި މަރުވި ޗައިނާ މީހާއާއެކު އެއް ފްލައިޓެއްގައި ދަތުރުކުރި ފަސިންޖަރުން ހޯދައި، އެ މީހުން ކަރަންޓީނު ކުރުމުގެ މަސައްކަތް ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކުން ވަނީ ފަށައިފަ އެވެ.

އެ މީހާ މަރުވުމުގެ ކުރިންވެސް، ޗައިނާ އިން އަންނަ ޗައިނާ މީހުންނާއި، ޗައިނާމަގުން އެތެރެވާ އެހެން ގައުމުތަކުގެ މީހުން ފިލިޕީންސަށް ވަނުން ވަނީ، މަނާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *