ޗައިނާގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ އަސަރު އެންމެ ބޮޑަށް ފެތުރިފައިވާ ހޫބެއި ޕްރޮވިންސްގެ ވޫހާން ސިޓީގައި ތިބި ހަތް ދިވެހިން އެއަރ އިންޑިއާގެ ހާއްސަ ފްލައިޓް ގައި މިއަދު އިންޑިއާއަށް ގެންގޮސްފިއެވެ. މިމީހުން އިންޑިއާއަށް ގެންގޮސްފައި ވަނީ ވޫހާންގައި ދިރިއުޅޭ އިންޑިއާ ރައްޔިތުން އިވެކުއޭޓް ކުރުމަށް އިންޑިއާ ސަރުކާރުން ހަމަޖެއްސި މިފްލައިޓެއްގައި އެވެ. މި ހަތް ދިވެހިން ރާއްޖެ ގެންނާނީ ބައިނަލްއަޤްވާމީ ސިއްހީ މިންގަނޑުތަކުގައި ކަނޑައެޅިފައިވާ ފަދައިން، އިންޑިއާގެ ކަރަންޓީން ފެސިލިޓީއެއް ގައި ބައިތިއްބައިގެން މޮނީޓަރ ކުރުމަށްފަހު އެވެ. ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދެގޮތުގައި މި ހަތް ދިވެހިންގެ ހާލުވެސް ރަނގަޅެވެ.

މި ހަތް ދިވެހިން ވޫހާންއިން ބޭރަށް ގެންދިޔުމުގައި އިންޑިއާ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަން ޝުކުރުވެރިކަމާއި އެކު ފާހަގަ ކުރާކަމަށާއި، އަދި މިފުރުސަތުގައި ޗައިނާ ސަރުކާރާއި، ހޫބޭ ޕްރޮވިންސް އަދި ވޫހާން ސިޓީއިން ދިން އެއްބާރުލުމަށާއި ވެދިން އެހީތެރިކަންވެސް ޝުކުރުވެރި ކަމާއި އެކު ފާހަގަ ކުރާކަމަށް ފޮރިން މިނިސްޓްރީ އިން ބުނެފައި ވެއެވެ.

ޗައިނާގެ އެހެން ސިޓީތަކުގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްއިން ދަނީ ޗައިނާ ސަރުކާރާއި މަޝްވަރާކުރަމުންނެވެ. ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދިން ގޮތުގައި، ޗައިނާ ސަރުކާރުންވަނީ ޗައިނާ ގައި ތިބި ހުރިހާ ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކޮށް، އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ދީފައެވެ.

ޗައިނާގެ އެކި ހިސާބުތަކަށް ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންދާ މި ދަނޑިވަޅުގައި، ޗައިނާގެ އެކި ސަރަހައްދުތަކުގައި ތިބި ދިވެހިން، އެފަރާތްތަކާއި ގުޅޭނެ މައުލޫމާތު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް ނުވަތަ ބެއިޖިންގްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއާ ހިއްސާކުރުމުގެ މުހިންމުކަން ފާހަގަކޮށް، އެ މައުލޫމާތު ހިއްސާކުރުމަށް ފޮރިން މިނިސްޓްރީ އިން އިލްތިމާސްކުރެއެވެ. އަދި މީގެ އިތުރުން ދުނިޔޭގެ އެހެން ހިސާބުތަކުގައިވެސް މިވައިރަސް ފެތުރެމުންދާތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެގައުމެއްގައި ނުވަތަ އެގައުމަކާ އެންމެ ކައިރި ހިސާބެއްގައި ހުންނަ ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންއެއްގައި ރަޖިސްޓްރީކުރުމަށް ފޮރިން މިނިސްޓްރީ އިން އިލްތިމާސް ކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *