ވައްޓަފާޅި

ދޮންކެޔޮގެ ބޭނުން ހިފޭނެ ތަފާތު ގޮތްތަށް!

ދޮންކޭލަކީ ހަށިގަނޑަށް އެތައް ގޮތަކުން ފައިދާ ލިއްބައިދޭ މޭވާއެކެވެ. ހާއްސަކޮށް ހެނދުނުގެ ނާޝްތާގައި ކެއުމަށް އެދެވިގެންވާ އަދި ހަޖަމު ކުރުމަށް ފަސޭހަ މޭވާއެކެވެ. ކެއުމުން ލިބޭ ފައިދާތަކުގެ އިތުރުން އެހެން ކަންކަމުގައިވެސް ހައްލަކަށް ދޮންކެޔޮގެ ބޭނުން ހިފެން އެބައޮތެވެ.

ފީވެފައިވާ ދޮންކޭލެއް އެއްލާލުމުގެ ކުރިން އޭގެ ބޭނުން ހިފޭނެ އެތައް ގޮތްތަކެއް އެބަހުއްޓެވެ. މިގޮތްތަކަށް ބަލާލަމާ ހިނގާށެވެ.

ގޭގައި ތައްޔާރު ކޮށްލެވޭނެ ފޭސް މާސްކް

ބައެއް ފަހަރު ހަންގަނޑަށް ނުރައްކާތެރި މާއްދާތައް އެކުލެވޭ މޫނުގައި ހާކާ ކްރީމްތަކުގެ ބަދަލުގައި ގޭގައި ތައްޔާރު ކޮށްލެވޭ ފޭސް މާސްކްގެ ފައިދާ މާ ބޮޑެވެ. ފަސޭހައިން ގޭގެ ބަދިގެއިން ލިބޭ ސާމާނާއެކު ދޮންކެޔޮ ބޭނުންކޮށްގެން ފޭސް މާސްކެއް ތައްޔާރުކުރެވިދާނެއެވެ.

ދޮންކޭލަކީ އޭގައި ހަންގަނޑު މަޑުކޮށް ތާޒާކަން ދައްކުވައިދިނުމުގެ ސިފަތައް ލިބިފައިވާ އެއްޗެކެވެ. އެއް ގޮތަކީ ދޮންކޭލެއް މޮޑެލުމަށްފަހު 20-10 މިނެޓް ވަންދެން މޫނާއި ކަރުގައި ހާކާފައި ބެހެއްޓުމެވެ. އަނެއް ގޮތަކީ 4/1 ތައްޓެއްގެ އާދައިގެ ޔޯގަޓާއި 2 މޭޒުމަތީ ސަމުސާ މާމުއި އަދި ދޮންކޭލެއް އެއްކޮށްލުމަށްފަހު ފުރަތަމަ މާސްކްގައި ބޭނުން ކުރެވުނު ގޮތަށް ބޭނުންކުރުމެވެ.

ގަސް ސާފުކުރުން

ގަސްތަކުގެ ފަތްތަކުން ފުސްކަމެއް ފެންނަމަ ފެން ޖެހުމުގެ ބަދަލުގައި ދޮންކެޔޮގެ ތޮށި ބޭނުންކުރެވިދާނެއެވެ. ފެން ޖެހުމުން ފަތްތަކުގެ ފުސްކަން ގަހުގެ އިތުރު ބައިތަކަށް ފެތުރިގެންދެއެވެ. އޭގެ ބަދަލުގައި ދޮންކެޔޮ ތޮށީގެ އެތެރެ ފަރާތް ބޭނުންކޮށްގެން ފަތްތަށް ފުހެލާށެވެ.

އެވޮކާޑޯ ދޮންކުރުމަށް ދޮންކެޔޮ

އެވޮކާޑޯ ކެއުމަށް ލޯބިކުރާ މީހެއްނަމަ އެއީ ވަރަށް ލަހުން ފައްކާވާ މޭވާއެއްކަން އެނގޭނެއެވެ. ދޮންކޭލުން ބޭރުވާ އެތިލީން ގޭސް ގެ ސަބަބުން އެވޮކާޑޯ އަވަހަށް ދޮންވެ ފައްކާވުމަށް އެހީތެރިވެއެވެ. މީގެ ފަހުން ކެއްކެމުގައި އެވޮކާޑޯ ބޭނުންކުރަންޖެހޭނަމަ ކުރިޔާލައި އެވޮކާޑޯ އާއި ދޮންކެޔޮ ކައިރީގައި ރައްކާކުރާށެވެ.

ބޮޑީ ސްކްރަބެއް

އޮމާން ރީތި ހަންގަނޑެއް ދެމެހެއްޓުމަށްޓަކައި ދޮންކޭލާއެކު ބޮޑި ސްކްރަބެއް ތައްޔާރުކުރެވިދާނެއެވެ. މިގޮތުން ތަފާތު އެކި ވައްތަރުގެ ސްކްރަބްތައް ތައްޔާރުކޮށްލެވޭއިރު އެންމެ އާދައިގެ ސްކްރަބްއަކީ ބުރައުން ޝުގާއާ އެކީ ދޮންކެޔޮ މޮޑެލުމުވެ. ދެވަނަ ގޮތަކީ ދޮންކޭލާއެކީ އޯޓްމީލް ނުވަތަ މޫދު ލޮނު އެއްކުރުމެވެ.

ގަސްކާނާ

ޕޮޓޭސިއަމް އާއި ފޮސްފޯރަސް ފަދަ މާއްދާތަކުން މުއްސަނދި ދޮންކޭލާއާއި އޭގެ ތޮށްޓަކީ ގަސްކާނާގައި އެކުލެވޭނެ އެއްޗެކެވެ. ގަސްކާނާ ހެދުމުގައި ފަސޭހައިން ޖަނަވާރަކަށް ނުކޮނެވޭވަރަށް ބިމު އަޑީގައި ވަޅުލަން ވާނެއެވެ.

ކުޑަ އަގެއްގައި ދަތް ހުދުކުރުން

ކޮންމެ މީހެއްވެސް ރީތި ހުދު ދަތްތަކެއް ބޭނުންވާނެއެވެ. ނަމަވެސް ޤަވާއިދުން ދަތްއުގުޅާ ފްލޮސް ކުރިކަމުގައި ވިޔަސް ދަތްތައް ރަތްވުމަކީ އެކަށީގެންވާކަމެކެވެ. ދޮންކެޔޮގެ ތޮށިގައި އެކުލެވޭ ސިޓްރިކް އެސިޑަކީ ދަތްތަކުގެ ކުލަ އަލިކޮށްދިނުމުގެ ބާރު ލިބިފައިވާ މާއްދާއެކެވެ. ގޭގައި ހުރެގެން ފަސޭހައިން ދަތް ހުދުކުރުމަށްޓަކައި ކޮންމެ ދުވަހަކު ދަތް އުގުޅުމަށްފަހު 2 މިނެޓް ވަންދެން ދޮންކެޔޮގެ ތޮށި ދަތުގައި ކާތާށެވެ.

0
1
1
1
1

ކޮމެންޓް

Your email address will not be published. Required fields are marked *

0 %