ކޮރޯނާ ވައިރަސް ފެތުރެމުންދާތީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯ އިން މުޅި ދުނިޔެއަށް އެމެޖެންސީ އިޢުލާންކޮށްފިއެވެ

މިރޭ ޖެނޭވިޔާގައި ބޭއްވި ބައްދަލުވުމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ ގްލޯބަލް އެމެޖެންސީއެއް ނެރެން ޖެހުނީ ވައިރަސް ފެތުރެމުން އަންނަ ހާލަތަށް ބަލާފައި ކަމަށެވެ.

"ގްލޯބަލް އެމެޖެންސީ އެއް ނެރެން ޖެހުނީ، ޗައިނާގެ އިތުރުން އެހެން ޤައުމުތަކުގައި ވައިރަސް ފެތުރެމުން އަންނަ ހާލަތަށް ބަލާފައި." 

ޑަބްލިއު.އެޗް.އޯ އިން ބުނީ އެ ޖަމިއްޔާއިން އެންމެ ބޮޑަށް ކަންބޮޑުވަނީ މި ވައިރަސް، ސިއްޙީ ޚިދުމަތްތަކުގެ ޙާލަތު ދަށް ޤައުމުތަކަށް ފެތުރިދާނެތީ ކަމަށެވެ.

ޑަބްލިއު.އެޗް.އޯ އިން އެމެޖެންސީ ޢިއުލާން ކުރަނީ އެއް ޤައުމުން އަނެއް ޤައުމަށް ބަލި ފެތުރި، އިތުރު ޤައުމުތައް ނުރައްކަލަށް ހުށަހެޅުމުންނެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެންމެ ފަހުން ސިއްހީ އެމަޖެންސީއެއް އިއުލާންކޮށްފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައި ފެތުރުނު އެބޯލާ ވައިރަސް އާއި ގުޅިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *