ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެއިން ފެނިއްޖެއެވެ. ހެލްތު މިނިސްޓްރީ އިން މިކަން ޔަގީން ކޮށް ދިނީ ދާދި ދެންމެއަކު ބޭއްވި ނޫސްވެރިންގެ ކުއްލި ބައްދަލުވުމެއްގައެވެ. މި މީހާ އަކީ ރޭގެ ވަގުތެއްގައި ޗައިނާއިން ރާއްޖެ އައި މީހެއްކަމާއި، ރޭގައި މި މީހާ ރައްޖެ އެތެރެވި އިރު އެއަރޕޯޓުން ސްކްރީން ކުރުމުން މީހާގެ ގައިން ވައިރަސް ފެނިފައި ނެތުމުން އެވަގުތު މީނަ ހިފަހައްޓާފައެއް ނުވެއެވެ. މި މީހާއަށް ޝައްކު ކުރެވުނީ ރޯގާޖެހިގެން، އަމިއްލައަށް ޑޮކްޓަރަށް ދެއްކުމުން ކަމަށް ހެލްތު މިނިސްޓަރ އަމީން ވިދާޅުވިއެވެ.
އަމީން އިތުރަށް ވިދާޅުވި ގޮތުގައި، މި މީހާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ ކ. ފުނަދޫގައި ކަރަންޓީނު ކުރެވިފައެވެ.
އުމުރުން 20 އަހަރު ގެ ދިވެހި ފިރިހެން މީހާ ރާއްޖެ އައީ ޗައިނާގެ ޒިއާމިން އިން ނެވެ.