ކޮރޯނާވައިރަސް ޖެހިފައިވާ މީހަކު އިންޑިއާ އިން ފެނިއްޖެއެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް ޖެހިފައިވަނީ ޗައިނާގެ ވޫހާންއިން އިންޑިއާގެ ކެރެލާއަށް އައި ދަރިވަރެއްގެ ގައިން ކަމަށެވެ.

އަދި އެ ދަރިވަރު މިހާރު ކަރަންޓީނު ކޮށް ފަރުވާ ދެމުން އަންނަ ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.

އިންޑިއާގެ ކެރެލާއިން ކޮރޯނާ ވައިރަސް ޖެހިފައި ހުރި މީހަކު ފެނިފައިވާ އިރު އަވައްްޓެރި ސްރީލަންކާއިންވެސް ވަނީ ކޮރޯނާ ވައިރަސް ފެނިފައެވެ.

ޗައިނާގެ ވޫހާން ސިޓީން ފެނުނު މި ވައިރަސް ޖެހި މިހާތަނަށް 170 މީހުން މަރުވެފައިވާއިރު 6،000 އަށް ވުރެ ގިނަ މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *