ފުލުހުންނަށް ހަމަލާދިނުމަށް ރ. އަލިފުށީގައި މީހަކު ފުލުހުންގެ ފަހަތުން ކަތިވަޅި ހިފައިގެން ދުވީ، އޭނާ ދަން ޖެހެން އުޅުމުން އެކަން ފުލުހުން ހުއްޓުވުމުން ކަމަށް އިތުބާރު ހުރި ގޮތެއްގައި "ޖަޒީރާ ނިއުސް"އަށް ކަށަވަރުވެއްޖެއެވެ.

"ޖަޒީރާ ނިއުސް"އަށް އެނގިފައިވާ ގޮތުގައި 28 އަހަރުގެ ހަސަން ސައީދު ނަމަކަށް ކިޔާ އެ ފިރިހެން މީހާ ދަން ޖެހެން އުޅުނީ އޭނާގެ ލޯބިވެރިޔާ އެހެން މީހަކާއި ކައިވެނި ކުރުމަށް ކޯޓަށް ފޯމު ލުމުން އެކަމުގެ ހިތާމައިގައެވެ.

އަދި ހަސަން ސައީދަކީ މަސްތުވާތަކެތީގެ މައްސަލައިގައި ކުށުގެ ރެކޯޑް އޮތް މީހެކެވެ. އެގޮތުން މިހާރުވެސް އޭނާގެ މައްސަލައެއް ކޯޓުގައި އޮތް ކަމުގެ މައުލޫމާތު ލިބެއެވެ.

ހަސަން ސައީދުގެ މައްސަލައިގައި ފުލުހުން ވިދާޅުވީ، އިއްޔެ ރ. އަލިފުށީގައި މީހަކު އަމިއްލަ ނަފްސަށް ގެއްލުންދޭން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އޭނާ ސަލާމަތްކުރަން އެގެއަށް ފުލުހުން ދިއުމުން އެމީހާ ގާތަށް ރުޅި އައިސްގެން ކަތިވަޅި ހިފައިގެން ފުލުހުންގެ ފަހަތުން ދުވެފައިވާ ކަމަށެވެ. އަދި އެތަނުން އެއް ފުލުހެއްގެ ސައިކަލަށް ކަތިވަޅިން ގެއްލުން ދީދައިވާ ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ.

މި މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *