ފުލުހުންނަށް ހަމަލާދިނުމަށް ކަތިވަޅި ހިފައިގެން ދުވި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ ތަރުޖަމާން ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އިޒްމިއާ ޒާހިރު "ޖަޒީރާ ނިއުސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިއްޔެ ރ. އަލިފުށީގައި މީހަކު އަމިއްލަ ނަފްސަށް ގެއްލުންދޭން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އޭނާ ސަލާމަތްކުރަން އެގެއަށް ފުލުހުން ދިއުމުން އެމީހާ ގާތަށް ރުޅި އައިސްގެން ކަތިވަޅި ހިފައިގެން ފުލުހުންގެ ފަހަތުން ދުވެފައިވާ ކަމަށެވެ.

އަދި އެތަނުން އެއް ފުލުހެއްގެ ސައިކަލަށް ކަތިވަޅިން ގެއްލުން ދީފައިވާ ކަމަށްވެސް އިޒްމިއާ ވިދާޅުވިއެވެ.

މި މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

0
1
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *