ޖޫރިމަނާ އިން ދައުލަތައް މިމަހުގެ ފުރަތަމަ ތިން ހަފްތާގެ ތެރޭފައި 9.3 މިލިއަން ރުފިޔާ ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާއްމު ކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރާ ތަފާސް ހިސާބުތަކުގައި ކޮށްފައިވާ ޖޫރިމަނާތަކުގެ ތަފްސީލް ހިމަނާފައެއް ނުހުރެއެވެ.

މިމަހުގެ ފުރަތަމަ ތިން ހަފްތާގެ ތެރޭގައި ޖޫރިމަނާ އިން ދައުލަތައް 9.3 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާބަލާއިރު މިލިއަނެއްހާ ރުފިޔާގެ އިތުރުވުމެކެވެ. 

މިމަހުގެ ފުރަތަމަ ތިން ހަފްތާގެ ތެރޭގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 765.2 މިލިއަން ރުފިޔާ ލިބިފައިވާއިރު އެ މުއްދަތުގެ ތެރޭގައި 581.6 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *