މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ (އެމްއޭސީއެލް) އަށް ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އެއް ހޯދަން އިއުލާނު ކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ވެރިކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން އެމްއޭސީއެލްގެ ސީއީއޯގެ ޒިންމާތައް އަދާކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ ބޮޑުބޭފުޅު މޫސާ ޞާލިހެވެ.

ސަރުކާރުގެ ގެޒެޓްގައި އިނގިރޭސިބަހުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނީ އެމްއޭސީއެލްގެ ސީއީއޯގެ މަގާމަށް ކުރިމަތިލާ ފަރާތަކީ ޕޯސްޓްގްރެޖްއޭޓް ޑިގްރީއެއް އޮންނަ މީހަކަށް ވާން ޖެހޭނެ ކަމަށާއި އޭގެ އިތުރުން ކޯޕަރޭޓް ދާއިރާގައި މަދުވެގެން 15 އަހަރުގެ ތަޖުރިބާ ހުރި ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. 

އަދި ސީނިއާ މެނޭޖްމެންޓް ލެވެލްގައި 10 އަހަރުގެ ތަޖުރިބާ ހުރުމާއެކު ސީ-ސޫޓް ލެވެލް ގައި މަދުވެގެން ފަސް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހަކަށް ވާން ޖެހޭނެ ކަމަށް ވެސް އެ އިއުލާންގައި ވެއެވެ.

މީގެ އިތުތުން ސީއީއޯގެ މަޤާމަށް ބޭފުޅަކު އައްޔަން ކުރަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް ކަމަށްވެސް އެ އިއުލާނުގައިވެއެވެ.

ސީއީއޯގެ ވަޒީފާގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ މަޝްވަރާކޮށްގެން ކަމަށް ވެސް އިއުލާނުގައި ވެއެވެ.

އެމްއޭސީއެލް އިން މިއަދު ވަނީ ޗީފް ފައިނޭންސް އޮފިސަރ (ސީއެފްއޯ) އެއް ހޯދަން ވެސް އިއުލާން ކޮށްފައެވެ.

 ސަރުކާރުގެ 21 ކުންފުނީގެ ތެރެއިން މިހާތަނަށް ސީއީއޯއެއް ހަމަ ޖައްސާފައި ނުވާ ހަމައެކަނި ކުންފުންޏަކީ އެމްއޭސީއެލް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *