ހަލުވިކަމާއި އެކު ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ އައުޓު ބްރޭކެއް ރާއްޖެއިންވެސް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ކޮރޯނާ ވައިރަސް ރިސްކު އެސެސްމަންޓުން ދައްކައިފިއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. ޗައިނާއަކީ އެ ވައިރަސް އެންމެ ފުރަތަމަ ފެތުރުނު ގައުމުވެސް މެއެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން އެޗްޕީއޭއިން އާންމުކުރި ރާއްޖެއިން އަޅާފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅު ތަކުގެ ތެރޭގައި ބުނެފައި ވަނީ ކޮރޯނާ ވައިރަހަށް ރާއްޖެއިން އޮތް ރިސްކު ބެލުމަށްޓަކާއި ރިސްކު އެސަސްމެންޓެއް ހަދާފައިވާ ކަމަށާއި، އެގޮތުން އެ އެސެސްމެންޓުން ދައްކާ ގޮތުގައި ރާއްޖެއަށް މި ވައިރެސް ފެތުރުމުގެ ރިސްކު ބޮޑެވެ.

"ކޮރޯނާ ވައިރަސް ރިސްކު އެސަސްމަންޓް ވަނީ ހަދާފައި، ރިސްކު އެސަސްމަންޓުގެ ނަތީޖާއިން ދައްކާގޮތުގައި ރާއްޖެއަށް މި ބަލީގެ އައުޓްބެރޭކް އެއް ފެނުމުގެ ފުރުސަތު ބޮޑު (ހައި ރިސްކު) ކަމަށް" އެޗްޕީއޭ އިން އާންމުކުރި މައުލޫމާތުގައި ވަނީ ވިދާޅުވެފައެވެ.

އެޗްޕީއޭ އިން ބުނީ މިކަމާއި ގުޅިގެން ހެލްތު އެމެޖެންސީ ކޮމެޓީއެއް އަދި، ހެލްތު އެމެޖެންސީ އޮޕަރޭޓިން ސެންޓާ (ޓާސްކް ފޯސް) އެކުލަވާލައި ކޮންމެ ދުވަހަކު ކަމާއި ބެހޭ ބައްދަލުވުންތައް ބާއްވަމުން އަންނަ ކަމަށެވެ.

މިހާތަނަށް ކޮރޯނާ ވައިރެހާ ބެހޭ މައުލޫމާތު ހޯދުމަށާއި އެފަދަ ކޭހެއް ފެނިއްޖެ ނަމަ ގުޅުމަށް ހޮޓްލައިނެއް އެޗްޕީއޭއިން ވަނީ އާންމުކޮށްފައެެވެ. އެ ހޮޓްލައިނަކީ 7377004 އެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *