މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް، އޮސްޓްރޭލިއާގެ ސައިންސްވެރިން އަމިއްލަ އަށް އުފައްދައިފި އެވެ.
މިހާތަނަށް ހައެއްކަ ހާސް މީހުންނަށް ވައިރަސް އަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރެއިން 132 މީހަކު ވަނީ މަރުވެފައެވެ.
އޮސްޓްރޭލިއާގެ ސައިންސްވެރިންގެ މި ކާމިޔާބީ އަކީ ބައްޔާ ދެކޮޅަށް ވެކްސިން އުފައްދައި ފަރުވާއެއް ހޯދަމުން ކުރަމުން އަންނަ މަސައްކަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.
އޮސްޓްރޭލިއާގެ ސައިންސްވެރިން ބުނީ އެ މީހުން އުފެއްދި ވައިރަސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އާ ހިއްސާކުރާނެ ކަމަށާއި އެއީ ބައްޔަށް ވެކްސިނެއް ހޯދަން ކުރާ މަސައްކަތް ހަލުވިކުރުމުގެ ގޮތުންނެވެ.
އޮސްޓްރޭލިއާގެ ސައިންސްވެރިން ކޮރޯނާ ވައިރަހުގެ ކޮޕީއެއް އުފެއްދީ ވައިރަސް ހުރި މީހެއްގެ ސާމްޕަލުން ކަމަށެވެ.
ކޮރޯނާ ވައިރަސް އަކީ ފުރާނައަށް ނުރައްކާ ކުރުވާ ވައިރަސްއެކެވެ. އެ ވައިރަސް ކޮންޓްރޯކް ނުވެ މިހާތަނަށް 16 ގައުމކަށް ވަނީ ފެތުރުފައެވެ. އެ ވައިރަސް ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވޫހާން ސިޓީންނެވެ.