މިހާރު ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 132 އަކަށް އަރައިފިއެވެ.
ކޮރޯނާ ވައިރަސް އެންމެ ގިނައިން ޖެހިފައިވަނީ އެ ވައިރަސް ފެނުނު ޗައިނާގެ މީހުންނަށެވެ، އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޗައިނާ އިން އިތުރު 1459 މީހުން ވައިރަސް ޖެހި، ޗައިނާ އިން ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު 5974 އަށް އަރައިފިއެވެ.
އަދި ދުނިޔޭގެ ހުރިހާ ހިސާބުން މި ވައިރަސްއަށް 6053 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
އިއްޔެ އާއި އަޅާބަލާއިރު ޗައިނާ އިން ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު ވަނީ 30 އިންސައްތަ އިތުރު ވެފައެވެ. ނަމަވެސް އެ ބަލީގައި މަރުވާ މީހުންގެ އަދަދު ބޮޑުތަކުން އިތުރެއް ނުވެއެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލްކުރުމަށް ދުނިޔޭގެ އެކި ޤައުމުތަކުން، ހާއްސަކޮށް ޗައިނާއިން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އިއްޔެ ޗައިނާގައި ވަނީ ކޮރޯނާވައިރަސް އަށް ހާއްސަކޮށްގެން 1،000 މީހުންގެ ޖާގައިގެ ހޮސްޕިޓަލެއް ހުޅުވާފައެވެ.