މާލޭ ހުކުރު މިސްކިތުގެ މުންނާރު ސާފުކޮށް، ޒީނަތްތެރިކޮށްފިއެވެ.
މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ހުކުރު މިސްކިތުގެ ހަތަރު ހިރިގާ ވަޅާއި މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފައްޓަވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހްއެވެ.
ވަރަށް ބޮޑަށް ބާވެ ފެހަ ޖަހައިފައިވަނިކޮށް މާލޭގެ ހުކުރު މިސްކިތުގެ މުންނާރު އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރީ ސްޓެލްކޯގެ މުވައްޒަފުންނެވެ.
ސްޓެލްކޯއިން އެ މަސައްކަތް ކުރީ ހެރިޓެޖް މިނިސްޓްރީގެ ތަކެތީގައެެވެ.
މާލޭ ހުކުރު މިސްކިތު މުންނާރަކީ 300 އަހަރު ވީ ބިނާއެކެވެ. ހިޖުރައިން 1085 ވަނަ އަހަރު މުންނާރު ބިނާކުރައްވައި ނިމުނު މި މުންނާރު ބިނާކުރެއްވީ އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި އެއިރު އަރަބިކަރައިގެ މުންނާރުތައް ހުންނަގޮތަށް ކަމަށްވެ އެވެ