މާވެޔޮ މަގުގައި ހުރި ކެފޭއެއްގަޮއ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން ވިދާޅުވީ، މާވެޔޮ މަގުގައި ހުރި ކެފޭއެއްގެ ބަދިގޭގައި ހުރި ގޭސްފުޅިއެއްގެ ހޮޅީގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު މިއަދު 13:23 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
މި ހާދިސާ އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ވިދާޅުވީ، އެ ހާދިސާގެ ރިޕޯޓް ލިބިގެން ފުލުހުން އެ ސަރަހައްދަށް ދިޔައިރު އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.