ރާއްޖެ ދޫކޮށް ވަޑައިނުގަންނަވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރުމުން މިއަދު ހައިކޯޓުގައި ބޭއްވި އަޑު އެހުމުގައި ރައީސް ޔާމީން ވިދާޅުވީ، މީގެ ކުރިންވެސް އެމަނިކުފާނު މައްޗަށް ކޮށްފައިވާ ހުކުމެއް ހައިކޯޓުން ބާތިލް ކުރެއްވުމުންވެސް ނުފިއްލަވާ ކަމަށެވެ.
"އަޅުގަނޑުގެ ހިތުގެ މައްސަލައަކީ ރާއްޖެއިން އިތުރު ތަހުލީލުތަކެއް ނުހެދޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ މައްސަަލައެއް، އެ މައްސަލަ އެންމެ ފުރަތަމަ އެނގުނީ ޝަރީއަތުގެ ކުރިން ކްރިމިނަލް ކޯޓުގެ އަމުރަކަށް ބަންދުގައި ހުންނެވިއިރު". ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ، އެއިރު ހައިކޯޓުން މިނިވަން ކުރުމުންވެސް ރާއްޖެ ބޭރަށް ވަޑައިނުގެންނެވީ ފިއްލަވާފާނެ ކަަމަށް ރައްޔިތުންނަށް ވިސްނިދާތީ ކަމަށާއި އެމަނިކުފާނަކީ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށެވެ.