އިންޓަރނެޓްއަކީ އަމާންތަނަކަށް ހެދުމަށް އާންމުން ހޭލުންތެރިކުރުމަށް އުރީދޫން ހާއްސަ ކެމްޕޭނެއް އިފްތިތާހުކޮށްފިއެވެ.
ހޮޓެލް ޖެންގައި ރޭ ބޭއްވި އުރީދޫގެ "މަރުހަބާ 2020" ރަސްމިއްޔާތުގައި "އުރީދޫ ސައިބާ ސޭފްޓީ ކެމްޕޭން 2020" އިފްތިތާހުކޮށްދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރެވެ.
އުރީދޫން ބުނީ އެ ކެމްޕޭން ކުރިއަށް ގެންދިޔުމުގެ މަޤުސަދަކީ އިންޓަނެޓަކީ ހުރިހާ ފަރާތްތަކަށްވެސް އަމާން އަދި ރައްކާތެރި އެއްޗަކަށް ހެދުމަށް ކަމަށެވެ. އަދި އިންޓަނެޓް މެދުވެރިކޮށް ކުރަމުން އަންނަ ކުށްތައް މަދުކުރުމަކީވެސް އަމާޒެއް ކަމަށް އުރީދޫއިން ބުނެއެވެ.
ރާއްޖޭގައިވެސް ސައިބާ ކްރައިމްގެ މައްސަލަަތައް އަންނަނީ ފެންމަތުވަމުންނެވެ. އެގޮތުން އިންޓަނެޓް މެދުވެރިކޮށް މީހުންގެ ޒާތީ މައުލޫމާތު ބެލުމާއި، ބުލީކުރުމާއި، ބްލެކްމެއިލް ކުރުން ފަދަ މައްސަލަތައް ފެންމަތިވާލެއް ގިނައެވެ.