އުރީދޫން މިއަހަރު ވެސް ނިރު އެކްސެލެރޭޓާ ޕްރޮގްރާމު ބާއްވަން ނިންމައި، "އުރީދޫ ނިރު އެކްސެލެރޭޓާ 2.0" އިފްތިތާހުކޮށްފިއެވެ.

ހޮޓެލް ޖެންގައި ރޭ ބޭއްވި އުރީދޫގެ "މަރުހަބާ 2020" ރަސްމިއްޔާތުގައި "އުރީދޫ ނިރު އެކްސެލެރޭޓާ 2.0" އިފްތިތާހުކޮށްދެއްވީ, ރާއްޖޭގެ ކޮމިއުނިކޭޝަން މިނިސްޓަރު މުހައްމަދު މަލީހު ޖަމާލެވެ.

އެ ޕްރޮގްރާމް އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާއިރު، ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު އުރީދޫން ވަނީ ހުޅުވާލައިފައެވެ.

އުރީދޫ ނިރު އެކްސެލެރޭޓާ ޕްރޮގްރާމްގެ އަމާޒަކީ މުޖުތަމައަށް މަންފާވާ ތަފާތު އީޖާދީ އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓުގައި ކުރިއެރުވުމުގެ ފުރުސަތު، އަލަށް ވިޔަފާރީގެ ތެރެއަށް ވަންނަ ޒުވާނުންނަށާއި ކުރިއަރަމުން ވިޔަފާރިތަކަށް ހޯދައިދިނުމެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވެވެނީ ނިރު ހެކަތަންގައި ވާދަކޮށް ހޮވޭ ޓީމުތަކަށެވެ. އެ ޕްރޮގްރާމަށް މިދިޔަ އަހަރުވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *