ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕަރިނީތީ ޗޯޕްރާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
ފަރިނީތީ ޗުއްޓީ ހޭދަކުރަމުން އަންނަނީ ގިރިލަންކަންފުށި ރިޒޯޓްގަ އެވެ.
ޕަރިނީތީ ވަނީ އޭނާ ރާއްޖެ އައިސް ނަގާފައިވާ ހިތްގައިމު ފޮޓޯތަކެއް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފަ އެވެ.
ޕަރިނީތީ ރާއްޖެ ސިފަކުރަނީ އޭނާގެ ދެވަނަ ވަޒަނުގެ ގޮތުގައެވެ. މީގެ ކުރިންވެސް އޭނާ ވަނީ އެތައް ފަހަރެއްގެ މަތިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައެވެ.
ޕަރިނީތީ އެންމެ ފަހުން ސްކްރީނުން ފެނިގެންދިޔައީ އަރްޖުން ކަޕޫރާއެކު މިދިޔަ އަހަރު ނުކުތް ފިލްމު "ޖަބަރިޔާ ޖޯޅީ" އިންނެވެ. އޭނާ މިހާރު އަންނަނީ ފިލްމު "ސައިނާ"ގެ މަސައްކަތް ކުރަމުންނެވެ.