ދިވެހި އާއިލާއެއްގެ އެހީތެރިކަމާއެކު އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން، އައިއޭސީން ބަންގްލަދޭޝްގައި ފެން ވަޅެއް ބަހައްޓައިދީފިއެވެ. 
އައިއޭސީން މައުލޫމާތުދޭ ގޮތުގައި މިފެންވަޅު ބަހަށްޓައިފައިވަނީ ބަންގްލަދޭޝްގެ ކުލްނާ ސިޓީގެ އަވަށެއް ކަމަށްވާ ކޮއިރާގެ ސްކޫލެއްގެ ކައިރީގައެވެ.

މި ފެންވަޅުގެ ސަބަބުން 150 ދަރިވަރުންނާއި އެތާ ކައިރީ އަވަށެއްގައި ދިރިއުޅޭ 200 މީހުންނަށް ސާފު ބޯފެން ލިބޭނެ ކަމަށް ވެސް އައިއޭސީން ބުނެއެވެ.

މި ފެންވަޅުގެ ސަބަބުން އެ ހިސާބުގައި ދިރިއުޅޭ މީހުން ބޯފެން ހޯދަން ކުރަމުން އައި ދިގު ދަތުރު ނިމުމަކަށް އަންނާނެ ކަމަށް ވެސް އައިއޭސީން ބުނެ އެވެ.

މިއީ އައިއޭސީން ކުރިއަށް ގެންދިޔަ މިފަދަ ފުރަތަމަ ޕްރޮޖެކްޓެވެ.

އައިއޭސީން ބެހެއްޓި މި ފެންވަޅަކީ އައްޑު އަތޮޅު މަރަދޫ ވީނަސްވިލާ އާއިލާގެ އެހީތެރިކަމާއެކު ބެހެއްޓި ފެންވަޅެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *