މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކޯބީ ބްރަޔަންޓް އާއި އަންހެން ދަރިފުޅު ޖިއާނާ މާރިއާ ހެލިކޮޕްޓަރ އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

ނިއުޔޯކް ޕޯސްޓުން ބުނީ، އުމުރުން 41 އަހަރުގެ ބްރަޔަންޓް މަރުވީ އޭނާގެ 13 އަހަރުގެ ދަރިފުޅު ޖިއާނާ އާއި އެކު މަމްބާ އެކަޑަމީ ބާސްކެޓްބޯޅަ ގޭމް ޕްރެކްޓިހަށް ޕްރައިވެޓް ހެލިކަޕްޓަރެއްގައި ދަތުރުކުރަމުން ދަނިކޮށް ދަތުރު ފެށިތާ ގާތްގަނޑަކަށް އެއް ގަޑި އިރު ފަހުން ކެލިފޯނިއާގެ ކަލަބާސަސްއަށް ހެލިކަޕްޓަރު ވެއްޓިގެންނެވެ. މި ހާދިސާ ހިނގީ ނިއުޔޯކު ގަޑިން ހެނދުނު ދިހަ ގަޑި ސުން މިނެޓުގައެވެ. އަދި އޭރު އޭގެއިން ނުވަ މީހުން ދަތުރުކޮށްފައިވާއިރު، ފަސް މީހުން މަރުވެފައިވާ ކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ. އަދި މަރުވި މީހުންގެ ތެރޭގައި ކޯބީގެ އަންހެނުން ވެނެސާ ނުހިމެނޭކަމަށް މީޑިއާތަކުން ބުނއެވެ.

ޖިއާނާގެ އިތުރުން ކޯބީގެ ތިން އަންހެން ދަރިނެ ތިބެއެވެ. އެއީ 17 އަހަރުގެ ނަތާލިއާ އާއި، 3 އަހަރުގެ ބިއަންކާ އަދި 6 މަހުގެ ކެޕްރީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *