މިދިޔަ އަހަރުގެ މާރޗު މަހު ސްކްރީން ކުރި ދިވެހި ފިލްމު "40 ޕްލަސް" ބައިސްކޯފު އެޕްލިކޭޝަނުން މިހާރު ބަލައިލެވޭނެ އެވެ.
އިއްޔެ އެ ފިލްމު ވަނީ ބައިސްކޯފުގައި ސްޓްރީމްކޮށްފަ އެވެ.
ބައިސްކޯފު އެޕްލިކޭޝަންއިން ކުރީގެ ދިވެހި ފިލްމުތަކުގެ އިތުރުން ފަހުގެ އެތައް ދިވެހި ފިލްމެއްވެސް ބަލާލެވޭނެއެވެ. އެގޮތުން "ބޮސް"، "ނޯޓީ 40" އަދި "ރޭވުމުން" ހިމެނެ އެވެ.
ފޯޓީ ޕްލަސް ފިލްމަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް އިސްމާއިލް ޝަފީއު ޕްރޮޑިއުސްކުރި ފިލްމެކެވެ.
އެ ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ތ. ބުރުނީގައެވެ.
އެ ފިލްމަކީ ނޯޓީ 40ގެ ސީކްއެލްއެކެވެ. އެފިލްމުން ރާއްޖޭގެ ފިލްމީ އިންޑަސްޓްރީގައި ހަރަކާތްތެރިވަމުން އަންނަ ކުޅަދާނަ އެތައް ފަންނާނުންނެއް ފެނިގެންދާނެއެވެ.