މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރާތްކުރި ފަތުވެރިންގެ ނިސްބަތަށް ބަލާއިރު އެންމެ ގިނަ ފަތުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަސްތެރޭގައިކަމަށް ޓޫރިޒަމްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
އެގޮތުން މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރިސޯޓްތަކުގެ އޮކިއުޕެންސީ އުޅެނީ 94.6 އިންސައިތަގައެވެ.
މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި 157 ރިސޯޓު އޮތް ނަމަވެސް އޭގެ ތެރެއިން އޮޕަރޭޓް ކުރަމުން ގޮސްފައި ވަނީ 146 ރިސޯޓެކެވެ.
މިދިޔަ އަހަރު ފެބުރުއަރީ މަހު ރާއްޖެއަށް ޒިޔާރާތްކުރި ފަތުވެރިންގެ އަދަދު އިތުރުވެފައިވާއިރު މިއަހަރުވެސް މިދުވަސްވަރު ރާއްޖެއަށް އަންނަ ފަތުވެރިންގެ ނިސްބަތްވެސް ދަނީ އިތުރުވަމުންނެވެ.
މިދިޔަ އަހަރު ރިސޯޓް އޮކިއުޕެންސީ ދެން އެންމެ ރަނގަޅު މަހެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޖެނުއަރީ މަހެވެ. އެގޮތުން ޖެނުއަރީ މަހު އޮކިއުޕެންސީ ރޭޓްވަނީ 84.9 އިންސައްތަ އަށް އަރާފައެވެ.
ރާއްޖެއަށް ފަތުވެރިންއައި ނިސްބަތުގެ އާ ރިކޯޑެއްވެސް މިދިޔަ އަހަރުވަނީ ހަދާފައެވެ. މިދިޔަ އަހަރު ރާއްޖެ އަށް 1.7 މިލިއަން މީހުން އައިސްފައިވެ އެވެ.