ޗައިނާގެ ވުހާން ސިޓީއިން ފިލިޕިންސްއަށް ދަތުރު ކުރި 500 ފަތުރުވެރިން އަނބުރާ ފޮނުވާލަން އެގައުމުގެ އޭވިއޭޝަނުން ނިންމައިފިއެވެ.
ފިލިޕިންސްގެ ސިވިލް އޭވިއޭޝަން ބޯޑް އެގްޒެކެޓިވް ޑިރެކްޓަރު ކަރުމެލޯ އާސިއްލާ ބުނީ، ރޯޔަލް އެއާ ޗާޓަރު އަދި ޕޭން ޕެސިފިކް އެއާލައިނާއި ގުޅިގެން މިހާރު އެ ފަތުރުވެރިން ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ފަތުރުވެރިން ފޮނުވާލަން ނިންމާފައި ވަނީ ތިން ގްރޫޕަކަށް ބަހާލައިގެން ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.
ކޮރޯނާވައިރަސް ޖެހިފައިވާ މީހުންގެ އަދަދު މިހާރު 1975 އަށް އަރާފައިވާއިރު މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 56 އަށް އަރާފައެވެ.