ހެރެތެރެ ރިސޯޓުގެ ކޮޓަރިއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ. 

މަރުވެފައި އޮތްވާ ފެނިފައިޗަނީ 61 އަހަރުގެ އިޓަލީ މީހެކެވެ.

 މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހުޅުމީދޫ ސިއްހީ މަރުކަޒަށް ގެނައި އިރުވެސް ވަނީ މަރުވެފައެެވެ.

ހުޅުމީދޫ ސިއްހީ މަރުކަޒުން ވިދާޅުވީ އޭނާގެ ހަށިގަނޑު މިހާރު މޯޗަރީއަށް ލުމަށް ހިތަދޫއަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފަތުރުވެރިޔާގެ މަރާއި ގުޅޭގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

މިއަދު ހެރެތެރެ ރިސޯޓުގައި ފަތުރުވެރިޔަކު މަރުވެފައިވާއިރު، އިއްޔެވެސް ވަނީ ރިސޯޓެއްގައި ފަތުރުވެރިޔަކު މަރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *