ރ. އިންނަމާދޫ ސިއްހީ މަރުކަޒުގައި ލެބޯޓަރީގެ ހިދުމަތް ފަށައިފިއެވެ.

އެ ހިދުމަތް ފައްޓަވައިދެއްވީ އިއްޔެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއެވެ.

ހެލްތު މިނިސްޓްރީން ބުނީ އިންނަމާދޫގައި ލެބޯޓަރީގެ ހިދުމަތް ފެށުމަށް ބޭނުންވާ މެޝިންތަކާއި، ޓެސްޓުތައް ހެދުމަށް ބޭނުންވާ އެހެނިހެން ވަސީލަތްތައް ޖެނުއަރީ 18 ވަނަ ދުވަހު ގާއިމުކުރެވިފައިވާ ކަމަށެވެ.

ހެލްތް މިނިސްޓްރީން ވިދާޅުވީ، އިންނަމާދޫގައި ލެބޯޓަރީގެ ހިދުމަތް ތައާރަފުކުރުމުގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށާއި، އިންނަމާދޫއަކީ ތެލަސީމިޔާ ބައްޔަށް ގަވާއިދުން ފަރުވާ (ބްލަޑް ޓްރާންސްފިއުޝަން) ލިބިގަންނަމުންދާ ހަތަރު ކުދިން ދިރިއުޅޭ ރަށެއް ކަމުން އެކުދިންނަށްވެސް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.