ލޯފަން މީހުންގެ ޙައްޤުތައް ހޯދަން މަސައްކަތް ކުރާ ބްލައިންޑް އެސޯސިއޭޝަންގެ ފަރާތުން ތެލްސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
އެއްދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ޕްރޮގްރާމާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން ބްލައިންޑް އެސޯސިއޭޝަންގެ ރައީސް އަލީ ޝަމީމް ވިދާޅުވީ މި ހަރަކާތަކީ ބްލައިންޑް އެސޯސިއޭޝަންގެ 10 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދާާ ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމަކީ ހުރިހާ ފަރާތްތަކަށް ބައިވެރި ވެވޭނެ ގޮތައް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
މި ޕްރޮގްރާމް ކުރިއަށްދާނީ މިއަދު ހެނދުނު 9:00 އިން ހަވީރު 17:00 އަށެވެ.
ރާއްޖޭގައި ތެލެސީމިއާ ބަލި މީހުންގެ ގޮތުގައި 800 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކޮށްފައިވެއެވެ.