ޗައިނާގައި ހަލުވި ކަމާއެކު ފެތުރެެމުންދާ ކޮރޯނާވައިރަސް ޖެހިގެން ހުބެއި ޝިންހުއާ ހޮސްޕިޓަލްގައި މަސައްކަތް ކުރާ 62 އަހަރުގެ ޑޮކްޓަރެއް މަރުވެއްޖެއެވެ.
ކޮރޯނާވައިރަސް މިދިޔަ ޑިސެމްބަރު މަހު އެންމެ ފުރަތަމަ ފެނިފައި ވަނީ ހުބެއި ޕްރޮވިންސްގެ ވެރިރަށް ވޫހާން ސިޓީންނެވެ. އޭގެ ފަހުން ޗައިނާގައި މިހާތަނަށް ވަނީ 1320 މީހުންނަށް ބަލި ޖެހިފަވާއިރު، އޭގެ ތެރޭން 41 މީހަކު ވަނީ މަރުވެފަ އެވެ.
ބަލި ފެތުރޭތީ ހަތް ސިޓީއެއް ކަރަންޓީން ކޮށްފައިވާއިރު، އެ ސިޓީތަކުގައި ދިރިއުޅޭ މީހުންގެ އަދަދު 56 މިލިއަނަށް އަރަ އެވެ.
ޗައިނާގެ އިތުރުން ދުނިޔޭގެ އެހެން ބައެއް ގައުމުތަކުން ވެސް މިހާރު ދަނީ ކޮރޯނާވައިރަސް ފެންނަމުންނެވެ.