ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ މަގުބޫލު 12 ރިހައެއްގެ ލިސްޓްގެ 6 ވަނައިގައި ދިވެހިރާއްޖޭގެ މަސްރިހަ ހިމެނިއްޖެއެވެ.

ރާއްޖޭގެ މީރު މަސްރިހަ ހިމެނޭ ގޮތަށް ދުނިޔޭގެ އެންމެެ މަގުބޫލު 12 ރިހައިގެ ލިސްޓެއް އެކުލަވާލައިފައި ވަނީ ކެއްކުމާ ބެހޭ ގިނަ ފޮތްތަކެއް ލިޔެފައިވާ ކެނެޑާ އަށް އުފަން ލިޔުންތެރިޔާ ކޮލީން ސެން، 75، ގެ ފޮތް ކަރީ:އަ ގްލޯބަލް ހިސްޓަރީގަ އެވެ.

ކޮލީން ސެންގެ މި މަގުބޫލު 12 ރިހައިގެ ވާހަކަ ސީއެންއެންގައި ހިމެނުމުން ވަރަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ މިލިއުމަށް ހުއްޓިފައެވެ.

ދިވެހި މަސްރިހަ އާ ބެހޭ ގޮތުން ކޮލީން ލިޔެފައިވާ ގޮތުގައި ރާއްޖެ އަށް ރިހައިގެ ރަހަގަނޑާއި ނުފޫޒު އައިސްފައި ވަނީ އިންޑިއާ އާއި އެފްރިކާ އަދި މެދުއިރުމަތީގެ ގައުމުތަކުންނެވެ. އޭނާ ބުނިގޮތުގައި ދިވެހި މަސްރިހަ އާންމުކޮށް ކައި އުޅެނީ ބަތާއި ރޮއްޓާ އެކު އެވެ.

ލިސްޓުގެ 1ވަނަ ހޯދީ ދިވެހިންގެ ތެރޭގައި ވެސް ނުހަނު މަޝްހޫރު ވެފައިވާ އިންޑިޔާގެ ބަޓާ ޗިކަންއެވެ. 2ވަނަ އަށް އެންމެ މަގްބޫލު ރިހައަކަށް ވީ ޖެމެއިކާގެ 'ކަރީ ގޯޓް' އެވެ. 3ވަނައަށްް ހޯދާފައިވަނީ ޖަޕާންގެ ކަރީ ރައިސް، 4 ވަނަ ކޮރެއާގެ ކަރީ ޓެކެބޮއްކީ އަދި 5 ވަނައަށް މެލޭޝިޔާ އާއި އިންޑޮނީޝިއާގެ މަޝްހޫރު ބީފް ރެންޑަންގވަނީ ހޮވިފައެވެ. އަދި 8 ވަނައިގައި، ދެކުނު އެފްރިކާގެ ބަނީ ޗޯވ، 9 ވަނަ ލަންކާގެ ސިންހަލީސް ކަރީ، 10 ވަނަ ތައިލެންޑުގެ ގްރީން ކަރީ، 11 ވަނަ ކެރީބިއަންގެ ކަރީ ކްރެބް އަދި 12 ވަނައިގައި ޔޫކޭގެ ޓިއްކާ މަސާލާ ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *