ތުރުކީ އަށް 6.7 މެގްނެޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ.
ތުރުކީގެ މީޑިއާތަކުން ބުނާ ގޮތުގައި ބިންހެލުމުގެ ސަބަބުން އައި ލޮޅުން އެގައުމުގެ ގިނަ ސަރަހައްދުތަކަށް ވަނީ އިހްސާސް ކުރެވިފައެވެ.
ތުރުކީގެ ޑިޒާސްޓާ އެންޑް އެމަޖެންސީ މެނޭޖްމަންޓް ޕްރެސިޑެންސީ އިން ބުނީ ބިންހެލުން އައިސްފައި ވަނީ ތުރުކީގެ ސިވްރިސް ޑިސްޓްރިކްޓަށް ކަމަށާއި ބިންހެލުމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ބަލަމުންދާ ކަމަށެވެ.
ތުރުކީގެ އިތުރުން އެގައުމާއި އަވައްޓެރި އިރާޤު، ސީރިއާ، ލުބުނާން އަދި އިސްރާއީލަށް ވެސް ބިންހެލުމުގެ ލޮޅުން އިހްސާސް ކުރެވުނު ކަމުގެ ރިޕޯޓް ލިބިފައިވާކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.
ތުރުކީއަކީ ދިވެހިން ޗުއްޓީއަށް ދަތުރުކުރާ ލިސްޓުގައި ހިމެނޭ މަޤްބޫލު ޤައުމެކެވެ.