ވުހާން ސިޓީގައި ތިބި ހަތް ދިވެހިން އެ ސިޓީން ބޭރަށް ގެންދެވޭނެ ގޮތެއް ހޯދަން ދިވެހި ސަރުކާރުން ޗައިނާ އާއި އެކު މަޝްވަރާކޮށްފިއެވެ.

ވުހާންގައި ކޮރޯނާވައިރަސް ފެތުރެމުންދާތީ ޗައިނާ ސަރުކާރުން ވަނީ އެސިޓީން ބޭރަށް ދަތުރުކުރާ ހުރިހާ މަގަކާއި ރޭލްވޭ ސްޓޭޝަންތަކާއި އެއާޕޯޓް ވެސް ބަންދުކޮށްފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ، ޗައިނާގައި ތިބި ދިވެހިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި އަދި ވޫހާންގައި ތިބި ހަތް ދިވެހިން އެސިޓީން ބޭރަށް ގެންދެވޭނޭ އިންތިޒާމް ހަމަޖެއްސެވުމުގެ ގޮތުން، މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޙަލީލު، ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އެމްބަސަޑަރ ޒަންގް އާއި މަޝްވަރާ ކުރެއްވި ކަމަށެވެ. މިކަމާއި ގުޅޭގޮތުން، ބެއިޖިންގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ޗައިނާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ކަމާއިބެހޭ ފަރާތްތަކާއެކު ވެސް ދަނީ މަޝްވަރާކުރަމުން ކަމަށެވެ.

ވައިރަސްގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ވޫހާން ސިޓީގައި ތިބި ހަތް ދިވެހިންގެ ހާލު ވެސް ރަގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *