ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ސަރުކާރުގެ ސިޔާސަތާއި އެއްގޮތައް ޒިންމާދާރު ކަމާއި އެކު މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭނެމަ އިސްތިއުފާ ދެއްވުމަށް އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައިފިއެވެ.

މިނިސްޓަރ އަމީންގެ އިސްތިއުފާއަށް ހަސަން ލަތީފް ގޮވާލާފައި ވަނީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ، އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަށް ހިތްވަރު ނުދެއްވާ ކަމަށް މިނިސްޓަރ އަމީން ވިދާޅުވެފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުންނެވެ.

އެ ޓްވީޓުގައި ހަސަން ލަތީފް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތު އެއްގޮތައް މަސައްކަތް ކުރަން އެނގޭ މީހުން ބައިވަރު އެބަތިބި ކަމަށާއި އެހެންކަމުން ސަރުކާރުގެ ސިޔާސަތާއި އެއްގޮތައް ޒިންމާދާރު ކަމާއި އެކީ ވަޒީފާ އަދާ ނުކުރެވެންޏާ އިސްތިއުފާ ދެއްވުމަށެވެ.

އަންހެނުން ހިތާނު ކުރުމާއި މެދު އިސްލާމިކް މިނިސްޓްރީގެ ލަފައަކަށް އެޗްޕީއޭ އިން އެދުނު މައްސަލަ މިދިޔަ ހަފްތާގައި ފެންމަތިވި ނަމަވެސް އެމައްސަލަ ބޮޑުވެ ފާޑުކިޔުން އަމާޒުވުމުން އެޗްޕީއޭއިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީ ވަނީ ބާތިލްކޮށްފައެވެ.

ހެލްޔް މިނިސްޓަރ އަމީނަކީ ސިއްހީ ދާއިރާގައި މީގެ ކުރިން އެއްވެސް ރަޖުރިބާއެއް ހުރި ބޭފުޅެއް ނޫނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *