ރޭޕިސްޓުންނަށް ހައްޤު އަދަބު ދޭނެ "ގަޓު" ސަރުކާރުގައި ހުންނަން ޖެހޭ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިހް ޒައިދު މިހެން ވިދާޅުވީ، މިއަދުގެ ހުކުރު ހުތުބާއަށް ތައުރީފްކޮށް ކުރެއްވި ޓްވީޓެއްގައެވެ.
އެގޮތުން ޝައިހް ޒައިދު ވިދާޅުވީ، ރޭޕްގެ މައްސަލަތަކުގައި މަރުގެ އަދަބު ދޭން ރައްޔިތުން ގޮވަމުންދާތީ އެކަން ބަދަލުކޮށްލަން ބަޔަކު މަސައްކަތް ކުރި ކަމަށެވެ.
ބައެއް މީހުން (ހާއްސަކޮށް ލާދީނީ މީހުން) އުޅުނީ ރޭޕް ކޭސްގައި ރައްޔިތުން މަރުގެ އަދަބު ޑިމާންޑް ކުރާތީ ކަންބޮޑުވެގެން ހިތާނޭ ކިޔައިގެން ފޯކަސް އަނބުރާލަން. ސަރުކާރުން ރޭޕިސްޓުންނަށް ހައްޤު އަދަބު ދޭނެ ގަޓު ހުންނަން ޖެހޭ
ޝައިހް ޒައިދު މިހެން ވިދާޅުވެފައިވާއިރު އަންހެން ކުދިން ހިތާނު ކުރުމާއި ބެހޭގޮތުން އިސްލާމިކް މިނިސްޓްރީން ދީނީ ރައުޔެއް ހޯދަން ފަތުވާ މަޖިލީހަށް ފޮނިވިއެވެ. އެ މައްސަލަ ފަތުވާ މަޖިލީހަށް ފޮނުވީ ހެލްތް މިނިސްޓްރީން އަންހެނުން ހިތާނު ކުރުމާއި ބެހޭ ގޮތުން ރައުޔަކަށް މިނިސްޓްރީގައި އެދި ސިޓީއެއް ފޮނުވުމުންނެވެ. ނަމަވެސް ފަހުން ހެލްތް މިނިސްޓްރީން ވަނީ އެ ސިޓީ ބާތިލްކޮށްފައެވެ.
އަަންހެނުން ހިތާނު ކުރުމަކީ އިސްލާމް ދީނުގެ ޝަރީއަތުގައި އޮންނަ ކަމެއް ނޫން ކަމަށާއި، އެމީހުން ހިތާނަ ކުރަން ނުޖެހޭނެ ކަަމަށް ބައެއް އިލްމުވެރިން ދެކިލައްވައެވެ.