ސިޓީއަށް މި މެޗުގައި ދެ ލަނޑު ޖަހައިދިން ގުންޑޮގަން

އިނގިރޭސި ޕްރިމިއަރ ލީގުގެ ތާވަލުގެ އެއްވަނައިގައި މެންޗެސްޓަރ ސިޓީއިން ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ސިޓީއިން ލީޑު ހަތް ޕޮއިންޓަށް ފުޅާކުރީ 3-0 ގެ ނަތީޖާއަކުން ޖޯސޭ މޮރީނިއޯގެ ޓޮޓެންހަމް ބަލިކުރުމަށްފަހުއެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުން ޖެހި ފުރަތަމަ ލަނޑު 23 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ ރޮޑްރީއެވެ. އެޓީމުގެ ދެވަނަ ލަނޑު 50 ވަނަ މިނެޓުގައި ގުންޑޮގަން ކާމިޔާބުކޮށްދިންއިރު އެޓީމުގެ ތިންވަނަ ލަނޑު 66 ވަނަ މިނެޓުގައި ޖަހައިދިނީ ގުންޑޮގަންއެވެ.

މި މެޗުގައި ސިޓީގެ އެންމެ މޮޅު ކުޅުންތެރިޔަކީ ގުންޑޮގަންއެވެ. ސިޓީގެ މުހިންމު ގިނަ ކުޅުންތެރިންތަކަކަށް އަނިޔާވެ އުނދަގޫ ދުވަސްތަކެއް އެޓީމާއި ކުރިމަތިވާނެ ކަމަށް ދެކެވުނު ނަމަވެސް ގުންޑޮގަން އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. މި މެޗުގައި ޖެހި ދެ ލަނޑާއެކު އޭނާ ވަނީ ޕްރިމިއަރ ލީގުގައި 11 ލަނޑު ޖަހާފައެވެ. އޭގެތެރެއިން ނުވަ ލަނޑު އޭނާ ޖެހީ 2021 ވަނަ އަހަރުއެވެ. މިކަމުގެ ސަބަބުން އޭނާއަށް ޕީއެފްއޭއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ދެވަނައިގައި އޮތް ލެސްޓާއަށްވުރެ އެއް މެޗު މަދުން ކުޅެގެން 53 ޕޮއިންޓާއެކުއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *