ރައްކާތެރި ނޫން މާހައުލެއްގައި ތިބި ހަތަރު ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާތީ އެކަމަށް ބަޔަކު ހުރަސްއަޅަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، މެދުރާއްޖެތެރޭގެ ރަށެއްގެ އެއް ޢާއިލާއަކަށް ނިސްބަތްވާ ހަތަރު ކުއްޖަކު ދިރިއުޅެމުން ދަނީ އެންމެ އެކަށީގެންވާ ރައްކާތެރި މާޙައުލެއް ކަމުގައިނުވާތީ، އެ ކުދިންތައް ރައްކާތެރި މާޙައުލަކަށް ނެގުމަށް މިއަދު ކުރަމުންދާ މަސައްކަތަށް ރަށުގެ ބައެއް ފަރާތްތަކުން ހުރަސްއަޅަމުން އަންނަ ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން މިހެން ވިދާޅުވެފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްކާތެރި ނޫން މާހައުލުތަކުގައި ކުޑަކުދިން އުޅެމުން އަންނަ ކަމުގެ އަޑުތައް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާއާއި، ޖިސްމާނީ އަނިޔާގެ މައްސަލަތައް ފެންމަތިވާ މިންވަރުވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ރޭ ވިލިމާލޭގައިވެސް ވަނީ ކުޑަކުއްޖަކަށް ބައްޕައަކު ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެފައެވެ. އަދި އުތުރުގެ ރަށެއްގައި ގޭންގް އަކުން 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއްވެސް އިއްޔެ ފެންމަތިވިއެވެ.

ޖިންސީ ގޯނާއާއި ޖިސްމާނީ އަނިޔާގެ މައްސަލަތައް ފެންމަތިވާލެއް އިތުރުވެފައި މިވަނީ ކަނޑުހުޅުދޫގައި ދެ އަހަރުވެސް ނުވާ ތުއްތު އަންހެން ކުއްޖަކު އެ ކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަވެގެން ރޭޕްކުރި މައްސަލަ ފެންމަތިވުމަށް ފަހުއެވެ. އެ މުޑުދާރު އަމަލަށް ފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ އެފަދަ އަމަލުތައް ހިންގާ މީހުންނާއި ދެކޮޅަށް އަޑުއުފުލަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *