ސްޕެއިންގެ މެޑްރިޑްގައި އިއްޔެ ފެށި ޓޫރިޒަމަށް ހާއްސަ ފިތޫރު ފެއާ ރާއްޖޭގެ ކުންފުނިތަކުން ބައިވެރިވެއްޖެއެވެ. 

ސްޕެއިންގެ މެޑްރިޑްގައި މިމަހުގެ 22 ވަނަ ދުވަހު ފެށި ފިތޫރު ފެއާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހާއި ހަމައަށެވެ. އެ ފެއާގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތައް ވަނީ ބައިވެރިވެފަ ވާއިރު، ދެ ކުންފުންްޏަކުން 71 ބައިވެރިންނާއެކު 71.5 އަކަފޫޓުގެ ސްޓޭންޑްއެއްގައި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ މަންޒަރުތަކާއެކު ހަރަކާތްތައް ކުރިއަށްދާނެކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ. އަދި އެމްއެމްޕީއާރްސީން ބުނީ، މި ފެއާގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ބައްދަލުކޮށް ސްޕެއިންއާއި އެހެނިހެން ގައުމުތަކުގައި ރާއްޖެ މާކެޓުކުރުމަށް މަޝްވަރާކުރެވިގެންދާނެ ކަަމަށެވެ.

އޭގެ އިތުރުން ދިވެހި ސަގާފަތް ޕްރޮމޯޓުކުރުމުގެ ގޮތުން ދިވެހި ލިބާހާއެކު ފޮޓޯނަގައި ދިވެހި ރަހަތަކުގެ އަޖުމަ ބެލުމުގެ ފުރުސަތު އޮންނާނެކަމަށްވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *