ހުށައެޅޭ ދީނީ މައްސަލަތައް އޮޅުން ފިލުވައިދިނުމުގައި ދެމި ތިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިހެން ބުނެފައިވަނީ، އެޗްޕީއޭގެ އެދުމުގެ މަތިން އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ފިގުހު އެކަޑަމީގެ ލަފަޔަކަށް އިސްލާމިކް މިނިސްޓްރީން އެދިފައިވަނިކޮށް އެޗްޕީއޭގެ ސިޓީ ބާތިލްކޮށް އެކަމުގައި ލަފާ ހޯދުން ހުއްޓާލަން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އަންގަވާފައިވަނިކޮށެވެ. 

އަންހެންކުދިން ހިތާނުކުރުމާ ގުޅޭގޮތުން ލަފަޔަކަށް އެދި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީއާއި ގުޅިގެން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ ފަތުވާ މަޖިލީހުގެ ރައީސް ޝައިހް މުހައްމަދު ރަޝީދު އިބްރާހިމަށް، އަންހެނުން ހިތާނުކުރުމާ ގުޅޭ ރައުޔެއް ވީ އެންމެ އަވަހަކަށް ފޮނުއްވައި ދެއްވުން އެދިފައެވެ.

އެޗްޕީއޭއިން އިސްލާމިކް މިނިސްޓްރީއަށް ފޮނުވާފައިވާ ސިޓީ ބާތިލްކޮށް އެކަން މިނިސްޓްރީއަށް އެންގުމަށް ވަނީ އެދިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *